ads
ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް—
ކަންތައްތައް މިހާރު ދާގޮތުން ރާއްޖެ ސަސްޕެންޑް ކޮށްފާނެ: މަހްލޫޕް
ސަރުކާރާއި މަޖިލީސް އަދި ކޯޓުތަށް ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްްޖެ އެވެ

މިނިސްޓަރު މަހްލޫފް ވިދާޅުވީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އެމަނިކުފާނަށް ލިބިފައިވާކަމަށެވެ. 

މަހްލޫފް ވިދާޅުވީ ޒުވާން ޓީޓީ ޓީމްވަނީ މިދިޔައަހަރުވެސް ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައި ކަމަށާއި ސަރުކާރާއި މަޖިލިސް އަދި ކޯޓު ތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ރާއްޖޭގެ ކުޅިވަރުތަށް ސަސްޕެންޑް ކޮށްފާނެ ކަމަށެވެ. 

“ޒުވާން ޓީޓީ ޓީމް މިދިޔައަހަރު ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައި ވާއިރު އައިޓީޓީއެފް އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީއެއް އަޅުގަނޑަށް ވަނީ ލިބިފަ. ސަރުކާރު، މަޖިލިސް އަދި ކޯޓު ތަކުން ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ރާއްޖޭގެ ކުޅިވަރުތަށް ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑު”

މަހްލޫފްގެ ޓްވީޓް ގައި ބުނެފައިވެއެވެ

2019 ވަނަ އަހަރު ބޭއްވި ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިހުގެ ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމު ވަނީ ގޯލްޑް މެޑަލް ހާސިލްކޮށް ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައެވެ.

މިއީ އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމަކުން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ. މީގެ ކުރިން މި ގޭމްސްގައި އަންހެން ޓީމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ލޯ މެޑަލް ހޯދުމެވެ.

މޮރިޝަސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން ރާއްޖެ މޮޅުވީ 3-2 ގޭމުންނެވެ. އެއާއިއެކު ރާއްޖޭގެ ކުޅިވަރަށް އަދި ހާއްސަކޮށް ޓީޓީ އަށް އުންމީދު އާވެގެން ދިޔައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް