ads
ފުލުހުންގެ މައި އިދާރާ--
ރައީސްގެ ހަށިކޮަޅުގައި ހުޅުޖަހަން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަަސް ޖަހައިދީފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ޗެނަލް13 ގެ "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގެ ބައިވެރިއަކު ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވާލި ވީޑިއޯއެއް އާންމުވެ އެ ސްޓޭޝަނުން ވެސް ވަނީ މައާފަށް އެދިފަ އެވެ. 

ޗެނަލް13 އިން ބުނާ ގޮތުގައި އެއީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ޗެނަލް13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެކެވެ. 

އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.  

އެ ވީޑިއޯ އާންމުވެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށިއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް