ads
ކަންގަނާ--
އިންޒާރުތަކާއެކު ކަންގަނާއަށް ސެކިއުރިޓީ ދެނީ
ބޮލީވުޑުގެ މަޝްހޫރު ތަރި، ކަންގަނާ ރަނައުނު ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން މީހުންގެ ފާޑުކިޔުންތައް އަމާޒުވެ، މީހުން ދަނީ އޭނާއަށް ބިރު ދައްކާ މެސެޖުތައް ވެސް ކުރަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހިމާޗަލް ޕްރަދޭޝްގެ އިސް ފަރާތްތަކުން އަންނަނީ ކަންގަނާއަށް ސެކިއުރިޓީ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗީފް މިނިސްޓަރު ޖައިރަމް ތާކޫރަށް ވިދާޅުވީ މިމަހުގެ ނުވަ ވަނަ ދުވަހު ކަންގަނާ މުމްބާއީއަށް ދާން ނިންމާފައިވާތީ އެ ދަތުރަށް އޭނާއަށް ސެކިއުރިޓީ ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ. 

ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި ކަންގަނާގެ ދައްތަ ގުޅާއި ވަނީ ސެކިއުރިޓީއަށް އެދިފަ އެވެ. އަދި ކަންގަނާގެ ބައްޕަ ވެސް ވަނީ ހިމާޗަލްގެ ފުލުހުންގެ ކިބައިން ދަރިފުޅަށް ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އެދިފަ އެވެ. 

ކަންގަނާ އާއި ބޮލީވުޑު ތަރިންގެ މެދުގައި މިދުވަސްވަރު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެއީ ސުޝާންތުގެ މަރާއި ގުޅިގެން އޭނާ ދައްކަމުން އަންނަ ބައެއް ވާހަކަތަކާއި ގުޅިގެންނެވެ. އަދި އޭގެ ފަހުން އޭނާ އަންނަނީ ބައެއް ތަރިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޕޯސްޓްތައް ވެސް ކުރަމުންނެވެ. 

ކަންގަނާ ވަނީ އޭނާއަށް މީހުން ބިރު ދައްކަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް