ads
ކަރީނާ ކަޕޫރު--
ކަރީނާގެ ބޭބީ ބަމްޕް ދުށިންތަ؟
ކަރީނާ ކަޕޫރު އަދި އޭނާގެ ދަރިފުޅު ތައިމޫރު އަލީ ހާން އެކުގައި ފުޓްބޯޅަ އަށް ސަޕޯޓު ކުރާ ފޮޓޯއެއް އޭނާ މި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.

ކަރީނާ އާއި ތައިމޫރުގެ ފެވަރިޓް ކްލަބު މެންޗެސްޓާ ސިޓީގެ ޖާޒީ ލައިގެން އެ މީހުން ތިބިއިރު ފޮޓޯއިން ކަރީނާގެ "ބޭބީ ބަމްޕް" ވެސް ވަރަށް ރަނގަޅަށް ފެނެ އެވެ.

ދާދި ފަހުން ދިން އިންޓަވިއު އެއްގައި ކަރީނާ ބުނެފައި ވަނީ ތައިމޫރުގެ މަންމަ އާއި ބައްޕަ ކާމިޔާބު ތަރިންނަށް ވުމަކީ ތައިމޫރު ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ނޫން ކަމަށެވެ. 

އަދި ތައިމޫރު ބޮޑުވެގެން އަމިއްލަ މަސައްކަތުން، އޭނާ ބޭނުން ދާއިރާއަކުން ކުރިއަށްދާ މަންޒަރު ދެކެން ބޭނުންވާ ކަމަށް ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ އާއި ސައިފް މިހާރު ތިބީ ދެވަނަ ދަރިފުޅުގެ އިންތިޒާރުގަ އެވެ. އެކަން ރަސްމީކޮށް އާއްމުކުރީ ދާދި ފަހުން ނެރުނު ބަޔާނެއްގަ އެވެ. ފުރަތަމަ ދަރިފުޅު ތައިމޫރަށް މިހާރު ތިން އަހަރެވެ. 

ކަރީނާ ދެން އެންމެ އަވަހަށް ފެންނާނީ ކަރަން ޖޯހަރުގެ ފިލްމު ތަހުތު އަދި އާމިރު ހާނާއެކު ފިލްމު ލާލް ސިންގް ޗައްދާ އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް