ads
އުމުރުން 17 އަހަރުގެ ފާޓީ--
ޔުއެފާ ނޭޝަންސް ލީގު: ސްޕެއިންއަށް ފަސޭހަ މޮޅެއް
ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނުން ފަސޭހަކަމާއި އެކު ޔޫކްރޭން ބަލިކޮށްފިއެވެ. ސްޕެއިނުން ޔޫކްރޭންގެ މައްޗަށް ކުރި ހޯދީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ސްޕެއިންގައި ރޭ ކުޅުނު މެޗުގައި ސްޕެއިންގެ ފުރަތަމަ ދެ ގޯލް ޖެހީ ރިއަލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ގޯލަކީ ޕެނަލްޓީއެކެވެ. ސްޕެއިނަށް އެ ޓީމުގެ ތިން ވަނަ ގޯލާއި ހަތަރުވަނަ ގޯލް ޖެހީ ފާޓީ އަދި ފެރާން ޓޮރޭޒް އެވެ.

ރޭ ފާޓީ ޖެހި ގޯލާއި އެކު އޭނާ ވެފައިވަނީ ސްޕެއިނަށް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ރޭގެ ގޯލް ޖެހި އިރު އޭނާގެ އުމުރަކީ 17 އަހަރާއި، 311 ދުވަހެވެ. ރެއާއި ހަމައަށް މި ރިކޯޑް އޮތީ މީގެ ސަތޭކައެއްހާ އަހަރު ކުރިން އުމުރުން 18 އަހަރުގައި ޖެހި ލަނޑަކާއި އެކު ހުއާން އެރަޒްކުއީން އަތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް