ads
މެމްބަރު ހައިތަމް--
ބީއެމްއެލްގެ އިސްވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުވުމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލްއާ ގުޅޭގޮތުން، ރައްޔިތުން ދަނީ ގިނަ ޝަކުވާތައް ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުން ކަމަށާއި އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަންތަކަށް އެއްފަހަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީވާންޖެހޭ ވަރަށް ޖަވާބުދާރީނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. 

އަދި ރައްޔިތުން ފާހަގަކުރާ ޝަކުވާތަކަށް ބީއެމްއެލްއިން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބުދާރީވާތަން ނުފެންނަ ކަމަށާއި މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ދެކޭ ކަމަށް ހައިތަމްގެ ސިޓީގައި ފާހަގަކުރެ އެވެ. 

އެހެންވެ، ރައްޔިތުން ބައިވެރިވެ އެމީހުންނަށް ސުވާލުކުރެވޭ ގޮތަށް، ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވަނީ އެދިފަ އެވެ

އާންމުން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން ބީއެމްއެލް އިން ބުނީ ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގަނީ ބޭންކް އޮފް މޯލްޑިވްސްގެ ސިސްޓަމުގެ މައްސަލައަކުން ނޫން ކަމަށާއި އެއީ ސްކޭމް މެއިލްތަކެއްގެ ސަބަބުން ހިނގާ މުއާމަލާތްތަކެއް ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން ބީއެމްއެލް އިން ވަނީ "ޓްރާންސެކްޝަން ޑިސްޕިއުޓް" ފޯމު ހުށަހަޅަން އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް