ads
ފޮޓޯ: މޯލްޑިވިއަން--
މޯލްޑިވިއަންއިން މެލޭޝިއާ އަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލައިފި
މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ކުރާ ދަތުރުގައި 30 ކިލޯގެ ބެގޭޖް އެލަވަންސް ދޭން ނިންމައިފިއެވެ.

މޯލްޑީވިއަން އިން މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ކުރަން ހަމަޖައްސާފައިވާ ދަތުރު ވަނީ މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ސީއެންއެމްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ކުރަން ނިންމާފައިވާ ދަތުރު ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެދަތުރު ފަސްކޮށްދިނުމަށް މެލޭޝިއާގައި ކިޔަވާ ދިވެހި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ އެދިފައިވާ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވަސީމް ވިދާޅުވީ މެލޭޝިއާއަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލާފައިވާ ކަމަށެވެ. އަދި ދަތުރަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އޮތް ކޮންމެ މީހަކަށްވެސް އެފްލައިޓުން ޓިކެޓް ނެގުމުގެ ފުރުސަތު އޮތް ކަމަށްވެސް މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވަސީމް ވިދާޅުވީ 30 ކިލޯގެ ބެގޭޖް އެލަވަންސް ދިނުމަށް ނިންމާފައިވާ ކަމަށާ އެއީ ހަމައެކަނި މިފްލައިޓަށް ކަމަށެވެ.

މިހާރު ޓިކެޓް ނެގުމަށް ހުޅުވާލަފައިވާއިރު ޓިކެޓްގެ އަގަކީ 385 ޑޮލަރު ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

މެލޭޝިއާއަށް ހާއްސަ ދަތުރެއް ކުރަން ނިންމާފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އައި ދަރިވަރުންގެ ކިޔެވުން ފެށުމުން އަލުން ވަނީ އެގައުމަށް ދާން ބޭނުންވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް