ads
ސުޝާންތު ސިންގް ރާޖުޕުތު--
ސުޝާންތު މަރުވުމުގެ ކުރިން ވަކީލަކަށް ގުޅި
ސުޝާންތު ސިންގް ރާޖްޕުތުގެ މެނޭޖަރު ދިޝާ ސާލިއަން ދިރިއުޅޭ އެޕާޓްމަންޓުގެ މަތިން ފުންމާލައިގެން މަރުވީ ޖޫން 8 ގައެވެ. އެއީ ސުޝާންތު މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރި އެވެ.

ޓައިމްސް ނައު އިން ރިޕޯޓު ކުރާ ގޮތުގައި ދިޝާ މަރުވުމާއެކު ސުޝާންތު ވަނީ ގާނޫނީ ވަކީލަކަށް ގުޅާފަ އެވެ. އެއީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އެ ގެއިން ނިކުމުގެން ދިޔަ ދުވަސް ކަމަށް ވެއެވެ. 

އެކަމަކު ވަކީލަކަށް ގުޅި ސަބަބު ސާފެއް ނުވެ އެވެ. 

އޭގެ އިތުރުން ސުޝާންތާއި ދިޝާއާ ގުޅޭ ގޮތުން ހުރި ހަބަރުތައް ވެސް އޭނާ ބަލަމުން ދިޔަ ކަމަށާއި، ދިޝާއާ ގުޅޭ ބައެއް މައުލޫމާތު ހާޑް ޑިސްކުތަކުން ޑިލީޓުކޮށްފައިވާ ކަމަށް ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. 

ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނު ނަމަވެސް، އޭނާގެ އާއިލާއިން އަންނަނީ ރިއާއަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. 

އެކަމާ ގުޅިގެން ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާއިރު، މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ކަންކަން ބެލުމަށް އެންފޯސްމަންޓް ޑައިރެކްޓަރޭޓް އަދި ނާކޮޓިކްސް ބިޔުރޯ ވެސް އެ ތަހުގީގުގައި ބައިވެރިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް