ads
ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓް--ފޮޓޯ: ޓްވިޓާ
ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ފަށަން ތާވަލު ކޮށްފި އެވެ.

ރަޝިޔާގެ ޝެރެމެޓްޔެވޯ އާއި ރާއްޖެއާއި ދެމެދު ފްލައިޓުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އަދި ރިޓާން ފްލައިޓުތައް އޮންނާނީ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު އެވެ.

އެއިރޯފްލޮޓްގެ އިންޓަނޭޝަނަލް ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު އަލުން ފަށަން ތާވަލު ކޮށްފައިވާއިރު ރާއްޖޭގެ އިތުރުން ދުބާއީ އާއި މިސްރުގެ ކައިރޯއަށްވެސް ދަތުރުތަށް ފަށަން ވަނީ ނިންމާފައެވެ.

ކައިރޯއަށް ދަތުރުތަށް ފަށަން ނިންމާފައިވަނީ މިއަދުން ފެށިގެން ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހަކު ކަމަށް އެ އެއާލައިނުން ބުނެ އެވެ. އަދި ރިޓާން ފްލައިޓުތައް އޮންނާނީ 10 ސެޕްޓެމްބަރުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި އާދިއްތަ ދުވަހު ކަމަށް ވެސް އެއާލައިނުން ބުނެ އެވެ. 

އަދި ދުބާއީއަށް ދަތުރުތަށް ފަށަން ނިންމާފައިވަނީ 11 ސެޕްޓެމްބަރުން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށާއި އަދި އޮކްޓޯބަރުގެ ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށް އެއާލައިނުން ބުނެއެވެ. އަދި ރިޓާން ފްލައިޓްތައް އޮންނާނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހު ކަމަށް ވެސް އެއާލައިނުން ބުނެ އެވެ. 

އެއިރޯޕްލޮޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމީ އެ ގައުމުގެ ސަރުކާރުން ރާއްޖެ އާއި މިސްރުގެ ކައިރޯ އާއި ޔޫއޭއީގެ ދުބާއީއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. 

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރަޝިއާ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް