ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފޮޓޯ:މޯލްޑިވްސް މެގަޒިން
ބޯޑަރު ހުޅުވިފަހުން 1145 އެއާ ޓްރެފިކް މޫވްމަންޓް ރިކޯޑުކޮށްފި
ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ބޯޑަރު ޖުލައި 15 ގައި ހުޅުވުމަށް ފަހު މިދިޔަ މަހުގެ ނިޔަލަށް 1،145 އެއާ ޓްރެފިކް މޫވްމަންޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރިކޯޑުކޮށްފި އެވެ.

ވީއައިއޭއިން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ބައިނަލްއަގްވާމީ 196 މޫވްމަންޓް އަދި ޑޮމެސްޓިކް 1991 މޫވްމަންޓް ޖުލައި 15 އިން 31 އަށް ރިކޯޑުކޮށްފައި ވެއެވެ. 

އޮގަސްޓް މަހު ރިކޯޑުކޮށްފައި ވަނީ 432 ބައިނަލްއަގްވާމީ މޫވްމަންޓާއި 326 ޑޮމެސްޓިކް މޫވްމަންޓެވެ. 

ޖުލައި މަހު 15 އިން 31 2890 ބައިނަލްއަގްވާމީ އެރައިވަލްސް އަދި 1954 ޑޮމެސްޓިކް އެރައިވަލްސް ރިކޯޑުކޮށްފައި ވާއިރު، އޮގަސްޓް މަހު 11186 ބައިނަލްއަގްވާމީ 3282 ޑޮމެސްޓިކް އެރައިވަލްސް ރިކޯޑުކޮށްފައި ވެއެވެ. 

ބޯޑަރު ހުޅުވާލި ފަހު ޖުލައި 31 އާ ހަމައަށް 4،106 އިންޓަނޭޝަނަލް ޑިޕާޗާސް، 2،555 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރިކޯޑުކޮށްފަ އެވެ. އޮގަސްޓް މަހު މި އަދަދު ހުރީ 14،045 އިންޓަނޭޝަނަލް ޑިޕާޗާސް އަދި 3،438 ޑޮމެސްޓިކް ޑިޕާޗާސް ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް