ads
ހަނިމާދޫއަށް ޖެއްސި ބޯޓު--
އިންޑިއާ ބޯޓެއް ރާއްޖެ އައީ ކޯސްޓްގާޑާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް: އެމްއެންޑީއެފް
އިންޑިއާގެ އަސްކަރިއްޔާގެ ބޯޓެއް ރާއްޖެ އައީ ކޯސްޓްގާޑާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އިންޑިއާގެ އަސްކަރީ ބޯޓެއް ހަނިމާދޫގައި ޖެއްސުމާއި ގުޅިގެން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނެފައި ވަނީ އިންޑިއާގެ ސަވަޔަލެންސް ޑޯނާއެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު 10:25 ހާއިރު ޖައްސާފައިވާ ކަމަށެވެ.

އެ ބޯޓް ސެޕްޓެމްބަރު 16 ގެ ނިޔަލަށް ރާއްޖޭގައި އޮންނާނެ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ. 

އެމްއެންޑީއެފުން ބުނީ އެއީ ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސިފައިންނާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް ރާއްޖެ އައި ބޯޓެއް ކަމަށެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބޯޓް ހަނިމާދޫގައި ޖައްސާކަމެއް ކުރިން ކައުންސިލަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ. އަދި އެމީހުން ތިބުމަށްޓަކައި އެއާޕޯޓް ސަރަހައްދުން އަށް ކޮޓަރި ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އަބްދުއްސަލާމް ވިދާޅުވީ އިންޑިއާ އަކީ ކޮވިޑް-19 ބާރު މިނެއްގައި ފެތުރޭ ގައުމަކަށް ވުމުން އެކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިއަދު ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް