ads
ސިނޮވެކްގެ ވެކްސިން---
ޗައިނާގެ ކޮވިޑް ވެކްސިން ފުރަތަމަ ފަހަރަށް ދައްކާލައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން އުފެއްދި ވެކްސިން ފުރަތަމަ ފަހަރަށް އާއްމުންއަށް ދައްކާލައިފި އެވެ.

އެ ގައުމުގެ ސިނޮވެކް ބައޯޓެކް ކުންފުނިން އުފެއްދި އެ ވެކްސިން އާއްމުންނަށް ދައްކާލާފައި ވަނީ ބެއިޖިންގައި މިހާރު ކުރިއަށްދާ ޓްރޭޑް ފެއާގައެވެ. ކޮވިޑް-19 އަށް އުފެއްދި އެ ވެކްސިން ބަލާލުމަށް ވަރަށް ގިނަ އަދަދެއްގެ މީހުން ސްޓޯލަށް ޒިޔާރަތް ކޮށްފައިވާއިރު، އެ ކުންފުނިން އަދި ވެކްސިން މާކެޓަށް ނެރެފައެއް ނުވެއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އެ ވެކްސިންގެ އަގު ބޮޑު ނުވާނެ ކަމަށާއި ގާތްގަނޑަކަށް 146 ޑޮލަރަށް ވެކްސިން ގަންނަން ލިބޭނެ އެވެ. ޗައިނާގެ ރައީސް ޒީ ޖިންޕިން ވެސް ވިދާޅުވެފައި ވަނީ ކާމިޔާބު ވެކްސިނެއް ތައާރަފް ކުރެއްވިއްޖެ ނަމަ ޗައިނާގެ ރައްޔިތުންނާއި އެއްވަރަށް ދުނިޔޭގެ ވެކްސިނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ވެސް އިސްކަންދެއްވާނެ ކަމަށެވެ.

ވެކްސިން އުފެއްދި ސިނޮވެކް ކުންފުނިން ބުނީ އެކުންފުނިން އުފައްދާފައިވާ ވެކްސިންގެ 300 މިލިއަން ޑޯޒް ކޮންމެ އަހަރަކު ބާޒާރަށް ނެރުމުގެ ގާބިލްކަން މިހާރު ވެސް އެބަހުރި ކަމަށާއި ވެކްސިންގެ ކާމިޔާބުކަން މުޅިން ކަށަވަކުރެވި ވެކްސިން ރަސްމީކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިއްޖެނަމަ ވެކްސިން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރާނެ ކަމަށެވެ.  

އެ ވެކްސިން އާއްމުކޮށް މިއަހަރުގެ ފަހުކޮޅު ބޭނުން ކުރަން ހުއްދަ ދޭނެ ކަމަށް ބެލެވޭއިރު މިހާރު ކުރިއަށް ދަނީ އެ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލުތައް ކަމަށާއި ސިނޮވެކްގެ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރި ވެވޭނެ ވެކްސިނެއް ކަަމަށް ރިޕޯޓްތަށް ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް