ads
ޕްރިމަލާލް މަޖިލިސް މެމްބަރުކަމުގެ ހުވާކުރަނީ-- ފޮޓޯ: ނިއުސް ވަޔާ
މަރަން ހުކުމްކޮށްފައި ހުރި މީހަކު ލަންކާގެ މަޖިލިސް މެމްބަރަކަށް
ސްރީލަންކާގައި މަރުގެ ހުކުމްކޮށްފައިވާ މީހަކު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކޮށްފި އެވެ.

މަރުގެ ހުކުމްކޮށްފައި ވަނިކޮށް މަޖލީހަށް އިންތިހާބުވެފައި ވަނީ ވެރިކަން ކުރާ ޕޮދުޖަނާ ޕެރަމުނަ ޕާޓީގެ ޕްރިމަލާލް ޖަޔަސޭކަރަ އެވެ. 

އޭނާއަށް މަރުގެ ހުކުމްކޮށްފައި ވަނީ މި އަހަރުގެ ޖުލައި 31 ގައެވެ. މީހަކު މެރި މައްސަލައެއްގައި އެ ހުކުމް އައީ އިންތިހާބަށް އެންމެ ފަސް ދުވަސް އޮއްވަ އެވެ. 

ކުށް ސާބިތުވި ނަމަވެސް ރަތްނަޕޫރާއިން މެމްބަރު ކަމަށް ވާދަކޮށް، އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. 

މިއަދުން ފެށިގެން ޕްރިމަލާލް އަށް މަޖިލީހަށް ހާޒިރުވޭވެނެ ގޮތް ހެދުމަށް ކޯޓް އޮފް އެޕީލްސް އިން އިއްޔެ ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް އަށް އަންގާފަ އެވެ. 

އެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އަމިއްލައަށެވެ. އެޓާނީ ޖެނެރަލް ދައްޕުލަ ޑެ ލިވެރާ ކުރިން ވިދާޅުވީ އޭނާއަކީ މަޖިލީހުގައި އިންނަން އެކަށީގެންވާ މީހެއް ނޫން ކަމަށެވެ.

ޕްރިމަލާލް އާއި އިތުރު ދެ މީހަކު މަރަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ސިޔާސީ އެކްޓިވިސްޓަކު މަރާލި ކަމުގެ ކުށް ސާބިތުވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް