ads
އަބްދުއްރަހީމް--
އަބްދުއްރަހީމް 9 މިލިއަން ރުފިޔާއަށް ފްލެޓް ގަތް މައްސަލަ އޭސީސީން އަލުން ބަލަނީ
ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ދެމަފިރިން ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓެއް ގަތް މައްސަލަ އަލުން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އޭސީސީން ބުނެފައިވަނީ އެ މައްސަލަ 2018 ވަނަ އަހަރު، ކޮރަޕްޝަނެއް ނެތް ކަމަށް ނިންމި ނަމަވެސް، އަލުން އެ މައްސަލަ ބަލަންޖެހޭ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 

އެ މައްސަލަ އަލުން ބެލުމަށް ނިންމާފައިވަނީ ސުވާލުއުފެދޭ ފަދަ ކަންތައްތަކެއް ހުރުމުންކަން ފާހަގަކޮށްފައިވެ އެވެ. 

އަބްދުއްރަހީމް އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި ރެހެންދި-6 ކުން ދެ ފްލެޓެއް ރަޖިސްޓްރީ ކޮށްފައިވާއިރު ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ. 

އޭސީސީން މި މައްސަލަ އަލުން ބެލުމަށް ނިންމާފައިވާއިރު، އެ ކޮމިޝަނުން އަންނަނީ މައްސަލައެއް ނެތްކަމަށް ނިންމާ ކުރިން ފައިލްކޮށްފައިވާ ބައެއް މައްސަލަތައް އަލުން ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް