ads
ފޮޓޯ: އަވަސް
ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ: އަބްދުއްރަހީމް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ އަބްދުއްރަހީމް އަބްދުﷲގެ ދެމަފިރިން ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓެއް ގަތް މައްސަލަ އަލުން ބެލުމަށް އޭސީސީން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ، ބަލަންވީ ވަރަކަށް މައްސަލަ ބަލަންވީ ކަމަށާއި، އިތުރު މައްސަލަ އުފައްދައިގެންވެސް ބަލަންވީ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކިތަންމެ މައްސަލައެއް ބެލިނަމަވެސް ސަރުކާރުން ކުރާ "ވިޔާނުދާ" ކަންކަމުގެ ވާހަކަ ދައްކާނެ ކަމަށެވެ. 

"އުލު ބޭއްދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް." އަބްދުއްރަހީމްގެ ޓްވީޓްގައި ވެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އޭސީސީން ބުނެފައިވަނީ އެ މައްސަލަ 2018 ވަނަ އަހަރު، ކޮރަޕްޝަނެއް ނެތް ކަމަށް ނިންމި ނަމަވެސް، އަލުން އެ މައްސަލަ ބަލަންޖެހޭ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. 

އެ މައްސަލަ އަލުން ބެލުމަށް ނިންމާފައިވަނީ ސުވާލުއުފެދޭ ފަދަ ކަންތައްތަކެއް ހުރުމުންކަން ފާހަގަކޮށްފައިވެ އެވެ. 

އަބްދުއްރަހީމް އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައި ރެހެންދި-6 ކުން ދެ ފްލެޓެއް ރަޖިސްޓްރީ ކޮށްފައިވާއިރު ދެ ފްލެޓަށް އެއްކޮށް ފައިސާ ދައްކާ ވަނީ ހަލާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް