ads
ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅޭ ސަރަހައްދު
ހޯޑެއްދޫ އިން ހާލު ސީރިއަސްވި 2 މީހުން ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް
ގދ ހޯޑެއްދޫ އިން ކޮވިޑްއަށް ޕޮޒިޓިވްވި ދެ މީހަކު ހާލު ސީރިއަސްވެގެން ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

ގދ. ހޯޑެއްދޫގައި ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހަކު މިމަހުގެ 2 ވަނަ ދުވަހު ކޮވިޑް19 އަށް ވަނީ ޕޮޒިޓީވް ވެފައެވެ. އަދި އެރަށުން ކޮވިޑް19 ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނުމާއި އެކު އެރަށް މިހާރު ވަނީ އައިސޮލޭޓް ކޮށްފައެވެ.

އަދި ހަތަރު ވަނަ ދުވަހު އިތުރު ދެ ކޭސް ފެނުމަށްފަހު ފަސްވަނަ ދުވަހު 19 ކޭސް ފެނިފައިވެއެވެ. އެއާއިއެކު މުޅި ޖުމުލަ އެ ރަށުން 25 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ. 

އެރަށުން ފެނިފައިވާ 21 ކޭހާއި ގުޅޭ 111 ކޮންޓެކްޓުން ފެނިފައިވެއެވެ. އޭގެތެރޭގައި ބަލީގެ އަލާމާތް ހުރި 60 މީހަކު ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބަލީގެ އަލާމާތް ހުރި މީހުންގެ ގޮތުގައި ފެނިފައިވަނީ އުމުރުން 50 އަހަރުން މަތީގެ ހަ ފަރާތަކާއި އެއް އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހޯނޑެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު މިހާރު ވަނީ ގއ ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައެވެ. މިއީ 70 އަހަރުން މަތީގެ ދެމަފިރިންނެވެ. އެދެ މީހުންވެސް މިހާރު ވަނީ ގެންގޮސްފައެވެ.

އޭގެ ތެރެއިން އަންހެން މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ހޯޑެއްދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ހޯޑެއްދޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާޢިއެކު އެޗްޕީއޭއިން ވަނީ އެރަށް މިހާރު މޮނިޓަރިންގެ ހާލަތަށްލާ ރަށްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ހޯޑެއްދޫގައި ސުކޫލާއި ރެސްޓޯރަންޓް، އަދި ކެފޭތައް ވެސް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިވަގުތު އެ ރަށުގައި ހަމަ އެކަނި ކެފޭ ރެސްޓޯރެންޓްތަކުން ދެވޭނެ ހިދުމަތަކީ ޓޭކަވޭ އެކަނިކަންވެސް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ. އަދި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުތުމަށާއި އެއްގެއިން އަނެއް ގެޔަށްވެސް ނުދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް