ads
ކަންގަނާ ރަނައުތް--
ކަންގަނާގެ ކޮވިޑް ޓެސްޓް "ފެއިލް" ވެއްޖެ!
މިމަހުގެ ނުވަ ވަނަ ދުވަހު މުމްބާއީއަށް އެނބުރި އަންނާނެ ކަމަށް އިއުލާން ކޮށްފައިވަނިކޮށް ކަންގަނާގެ ކޮވިޑް-19 ޓެސްޓް ފެއިލް ވެފައިވާތީ އަދި އިތުރު ދަުވަސްތަކެއްގައި ހިމާޝަލް ޕަރްދޭޝްގައި އޭނާއަށް ވަނީ މަޑުކުރަންޖެހިފައެވެ.

މިކަން ޔަގީން ކޮށްދެމުން ޓެސްޓް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑޮކްޓަރެއް ބުނެފައިވަނީ އިއްޔެ ނަގާފައިވާ ސާމްޕަލްގެ ޓެސްޓް ފެއިލްވެފައި ވާތީ އަލުން ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. ކަންގަނާ ގެ ސާމްޕަލް ފެއިލްވެފައި ވަނީ ކޮން ސަބަބަކައި ހެދި ކަމެއް ޑޮކްޓަރު ބުނެފައެއް ނުވެއެވެ. އޭނަގެ ސާމްޕަލް ފެއިލްވެފައި ވީނަމަވެސް ކަންގަނާގެ ދައްތަ ރަންގޯލީ އާއި އޭނާގެ އެސިސްޓެންޓްގެ ކޮވިޑް ރިސަލްޓް ވަނީ ނެގަޓިވް ވެފައެވެ. 

އެހެންނަމަވެސް ކަންގަނާގެ ޓެސްޓް ފެއިލްވެ އަލުން ސާމްޕަލް ނަގަންޖެހިފައި ވާތީ މުމްބާއީއަށް އަންނަނީ ކޮވިޑް ޓެސްޓް ރިޒަލްޓް ލިބި ނެގެޓިވް ވުމުންކަމަށް އޭނާ ބުނެފައިވެއެވެ. ކަންގަނާގެ އިތުރު ސާމްޕަލްއެއް އަލުން މިއަދު ނެގުމަށް ވަނީ ނިންމާފައެެވެ.

ކަންގަނާ މުމްބައިއަށް އައުން ލަސްވެފައި ވާއިރު މުމްބާއީ އަށް އަންނަ އިރު އޭނައާއި އެކު ސަރުކާރުން ހަމަޖައްސާފައިވާ ސެކިއުރިޓީން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ދާ ކޮންމެ ތަނަކަށް ވެސް ޔޫނިއަން މިނިސްޓްރީން ހަމަޖައްސާފައިވާ ޔޫޕީ ސެކިއުރިޓީން ތިބޭ ގޮތަށާއި ކަންގަނާގެ ގޭގައި ސެކިއުރިޓީ ބެލެހެއްޓުމަށް ގާޑުން ތިބުމުގެ އިތުރުން ދޭއް ނުވަތަ ތިން ހަތިޔާރު އެޅި ޕާސަނަލް ސެކިއުރިޓީން ތިބޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިއާއިއެ ސީއާރްޕީއެފް ސެކިއުރިޓީ ލިބޭ ފުރަތަމަ ބޮލީވުޑްގެ އެކްޓްރެސް އަކަށް ކަންގަނާ ވަނީ ވެގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް