ads
ކަންގަނާ--
ޑްރަގާ ގުޅުން އޮތްކަން ސާބިތުވެއްޖެ ނަމަ މުމްބާއި ދޫކޮށް ދާނަން: ކަންގަނާ
ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް ފަހު އުފެދުނު ޑްރަގް މާފިއާ މައްސަލައިގެ ތެރޭގައި ކަންގަނާ ރަނައުުތު ވެސް މި ވަނީ ހިމެނިފަ އެވެ.

ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ ޖޫން 14 ގައެވެ. އޭނާގެ ފޯނު ތަހުގީގުން ބެލިއިރު، މަސްތުވާތަކެއްޗާ ގުޅުން ހުރި ޗެޓުތަކެއް ވަނީ ފެނިފަ އެވެ. 

ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން ތިން ދުވަސް ވަންދެން އޭނާއާ ސުވާލު ކުރުމަށް ފަހު އެންމެ ފަހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. 

މި މައްސަލައިގެ ތެރެއަށް ކަންގަނާ ވަދެފައި ވަނީ ބޮލީވުޑުގައި ޑްރަގު މާފިއާ ވިޔަފާރި އޮތް ގޮތާ ގުޅޭ ގޮތުން އޭނާ ގިނަ ވާހަކަތަކެއް ދައްކާފައި ވާތީ އެވެ. 

އެކަމާ ގުޅިގެން މަހަރާޝްތްރަ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކް ވިދާޅުވީ ޕްރަތަޕް ސަރްނައިކް އަދި ސުނިލް ޕްރާބޫ ހުށަހެޅި މައްސަލަތަކެއް ބަލާނެ ކަމަށެވެ. 

އެ މައްސަލައަކީ އަދްޔާޔަން ސުމަން ކުރިން ދިން އިންޓަވިއު އެއްގައި އޭނާ ޑްރަގު ބޭނުން ކުރަން ކަންގަނާ މަޖުބޫރު ކުރި ކަމަށް ބުނި މައްސަލަ އެވެ. އޭރު ކަންގަނާ އާއު ސުމަން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

އެކަމާ ގުޅިގެން ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ އޭނާ ޑްރަގު ޓެސްޓު ހެދުމަށް ތައްޔާރަށް ހުރި ކަމަށާއި، މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް އޮތް ކަމަށް ސާބިތުކޮށްދީފި ނަމަ މުމްބާއި ދޫކޮށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް