ads
އައްޑޫސިޓީ ހިތަދޫ--
އައްޑޫ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ
އައްޑޫސިޓީގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އައްޑޫސީޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވަމުން އަންނަ ފަރާތްތައް މަދުންނަމަވެސް މިހާރު އެސިޓީން ފެންނަމުން އަންނަކަމަށެވެ. 

އެހެންކަމުން ކޮވިޑް19 އައްޑޫގައި އިތުރަށް ފެތުރިގެންނުވާނެ ގޮތަށް ދިރިއުޅުމުގައި އަމަލުތައް ބެހެއްޓުމާއި ހުރިހާ ރައްޔިތުން ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ތިބުމަށްވެސް އައްޑޫސިޓީ ކައުންސިލުންވަނީ އެދިފަ އެވެ. 

އެގޮތުން ފޭސްމާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުމާއި ސެނިޓައިޒް ބޭނުންކުރުމާއި މީހުން ގިނައިން އެއްވާ ތަންތަނުގައި ގައިދުރުމިން ބެހެއްޓުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވަނީ އެދިފައެވެ. 

އައްޑޫސިޓިގެ ކޮވިޑް ހާލަތާއި ގުޅޭގޮތުން އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އައްޑޫގައި މިވަގުތު އެކްޓިވްކޮށް ތިބީ ދެ ފަރާތެއް ކަމަށެވެ. އެއީ އެމްއެންޑީއެފްއަށް ނިސްބަތްވާ ދެ ފަރާތްކަމާއި ޕޮޒިޓިވްކަން އިނގުނުތާ ހަތްވަރަކަށް ދުވަސް ވެފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް