ads
ފޮޓޯ: ރޮއިޓާޒް
އަފްޣާނިސްތާންގެ ނައިބު ރައީސަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފި
އަފްޣާނިސްތާންގެ ނައިބު ރައީސް އަމްރުﷲ ސާލިހް އަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފި އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބޮމުގެ ހަމަލާގައި އަފްޣާނިސްޓާންގެ ނައިބު ރައީސް ވަނީ އެއްވެސް ގެއްލުމެއްނުވެ ސަލާމަތްވެފައެވެ. އެހެން ނަމަވެސް ބައެއް ބޮޑީގާޑުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ބޮމުގެ ހަމަލާގައި ދެ މީހަކު މަރުވެފައިވާއިރު ހަތް މީހަކަށް އެކިވަރުގެ ޒަހަމްތައް ވެގެން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. 

މި ބޮމުގެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް