ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
ޕްރޮކިޔުމަންޓް ބޯޑުގެ ހިންގާ ގަވާއިދު އާއްމުކޮށްފި
ޕްރޮކިޔުމަންޓާ ގުޅޭ ކަންކަން ހިންގުމަށް އުފެއްދި ޕްރޮކިޔުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑު އުފެއްދެވީ ހަތް މެމްބަރުންނާއެކު މިދިޔަ މާޗް މަހު އެވެ. އެ ބޯޑު ބޭނުމަކީ ޕްރޮކިޔުމަންޓާ ގުޅޭ ސިޔާސަތުތައް ހަދާ، ތަންފީޒު ކުރުމެވެ.

ބޯޑުގެ މެމްބަރުން:

  1. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ޗެއާޕާސަން)
  2. އަހްމަދު ޝަރީފް
  3. މުހައްމަދު އިބްރާހިމް ނައީމް
  4. މުހައްމަދު ޝިިފާޒް އަލީ
  5. އަޖުވަދު މުސްތަފާ
  6. ޑރ. މުހައްމަދު އާދިލް
  7. ޝުހާދު އިބްރާހިމް

ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލާފައި ވާއިރު، އޭގައިވާ ގޮތުން މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދު ޕްރޮކިޔުމަންޓް ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ބޯޑުން އެކުލަވާލަން ޖެހޭނެ ކަމަށް އޭގައި ވެއެވެ. 

އޭގެ އިތުރުން ބިޑް ޕްރޮސެސްގެ ޓްރާންސްޕޭރެންސީ ޔަގީން ކުރުވޭނެ ނިޒާމެއް ގާއިމް ކުރުމާއި، ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިޝެންސީ ހޯދޭނެ އުސޫލު ކަނޑައެޅުމަކީ ވެސް ބޯޑު ކުރަން ޖެހޭނެ ކަމެކެވެ. 

އެ ބޯޑު ހިންގާ ގަވާއިދު އެކުލަވާލާފައި ވާއިރު، މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް