ads
ފުވައްމުލައް-- ފޮޓޯ: ޑެސްޓި މެޕް
ފުވައްމުލަކު ދަނޑުބިންތަކުގައި އިތުރު މަސައްކަތްތައް ނުކުރުމަށް އަންގައިފި
ފުވައްމުލަކު ދަނޑުވެރިން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަކީ ވަގުތީ ގޮތުން ދޫކޮށްފައިވާ ދަނޑުބިންތަކެއް ކަމަށްވާތީ އެ ބިންތަކުގައި އެހެނިހެން މަސައްކަތް ނުކުރުމަށް އަންގައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު ދަނޑުވެރިން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަކީ ވަގުތީ ގޮތުން ދޫކޮށްފައިވާ ދަނޑުބިން ތަކެއް ކަމަށެވެ. 

އެހެންވުމުން އެއްވެސް ފަރާތަކުން އެ ދަނޑުބިންތަކުގައި އިންވަކި ކުރުމުގެ ގޮތުން ފާރުރޭނުމާއި، ފެންސްޖެހުން އަދި ތަނބު ޖެހުން ފަދަ މަސައްކަތް ނުކުރުމަށާއި، މީގެ އިތުރުން ދަނޑުބިމުގެ ތެރޭގައި ފަތްކެޔޮގަސްތައް އިންދުމަށް ބޮޑެތި ވަޅުތައް ނުކޮނުމަށްވެސް އަންގާފައިވެއެވެ.

އަދި އެ ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދަނޑު ބިންތަކުގައި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލްގެ އެންގުމުގައި ވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ދަނޑުވެރިކަން އިތުރަށް ފުޅާކުރަން ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް