ads
އަމިއްލައަށް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ފައްޔާޒް
އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްލާއިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑަިއގެން އެމްޑީޕީގެ ޗެއާޕާސަނަށް ވަނީ ސިޓީ އެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރައީސް ނަޝީދު މިނިސްޓަރު ފައްޔާޒަށް ކުރައްވަނީ ކޮރަޕްޝަންގެ ތުހުމަތެވެ. 

އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލުމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސިޓީގައި ތުހުމަތު ކޮށްފައިވާ ކަންކަމަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މަގާމުން އަމިއްލައަށް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ފޮނުވާފައިވާ ސިޓީއާއި ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ، ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް އެ ސިޓީ ޕާޓީގެ މެމްބަރުންނާއި އާންމުންނަށް އިނގޭނެހެން ފެންނަން ހުރުން މުހިންމު ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދެންނެވުމަށެވެ. ފައްޔާޒާއި އެހެން ބޭފުޅަކާ ވެސް ޒާތީ ކަމެއް ނެތް ކަމަށާއި، އެގޮތަށް ބޭނުންފުޅުވެވަޑައިގަންނަވަނީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް އެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވެއެވެ. 

ފައްޔާޒަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށް ވެސް ނަޝީދުގެ ސިޓީގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް