ads
ކޮވިޑް ވެކްސިން--
ބައިވެރިއަކު ބަލިވުމުން އޮކްސްފޯޑުގެ ކޮވިޑް-19 ވެކްސިން ހުއްޓުމަކަށް
އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިންގެ ޓެސްޓު ކުރުމުގައި ބައިވެރިވި މީހަކު ބަލިވުމުން، އެ ވެކްސިން ޓެސްޓު ކުރުން މެދުކަނޑާލައިފި އެވެ.

ކޮވިޑް-19 ވެކްސިންތަކުން ނިކުންނަ ނަތީޖާއަށް މުޅި ދުނިޔެއިން ވެސް މި ވަގުތު އޮތީ މަޑުކޮށްގެންނެވެ. އޮކްސްފޯޑް ވެކްސިނަކީ އެންމެ ރަނގަޅު އެއް ވެކްސިނަށް ވާނެ ކަމަށް ބެލެވިފައި އޮތް ވެކްސިނެވެ. 

އެ ވެކްސިނަކީ އެންމެ ފުރަތަމަ މާކެޓަށް ނެރެވޭނެ އެއް ވެކްސިނަށް ވާނެ ކަމުގެ އުއްމީދު ބޮޑެވެ. އޭގެ ޓެސްޓުގެ ފޭޒް 1 އަދި 2 ވެސް ކާމިޔާބެވެ. 

ފޭޒް 3 ގައި އެމެރިކާ، އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން 30،000 އެއްހާ މީހުން ބައިވެރިވެ އެވެ. އާއްމުކޮށް ވެކްސިންތަކުގެ ފޭޒް 3 ގައި އެތައް ހާސް ބައިވެރިން ހިމެނެ އެވެ. އަދި ގިނަ އަހަރުތަކަށް ދެމިގެންދެ އެވެ. 

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރާ ގޮތުގައި އިނގިރޭސިވިލާތުން ވެކްސިން ޓެސްޓު ކުރުމުގައި ބައިވެރިވި މީހަކަށް ޓްރާންސްވާސް މަޔަލެޓިސް ދިމާވެފަ އެވެ. އެއީ ވައިރަލް އިންފެކްޝަންތަކުގެ ސަބަބުން މައިބަދައަށް ދިމާވާ މައްސަލަ އެކެވެ. 

އެކަމަކު އެކަން ދިމާވި ގޮތް އަދި ކަށަވަރުވެފައި ނުވާއިރު، އެކަން ބެލުމަށް މިނިވަން ތަހުގީގެއް ހިންގާނެ އެވެ. އަދި އެކަމާއި ވެކްސިނާ ގުޅުމެއް އޮތްތޯ އެ ތަހުގީގުން ޔަގީން ކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް