ads
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް
ފެރީއެއްގެ ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ
ދަތުރުކުރަމުންދިޔަ ފެރީއެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ށ. ފޯކާދޫން ފުރާގެން ށ. މާއުގޫދޫއަށް ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ސޮފްވާން ނަމަކަށް ކިޔާ 50 ފޫޓްގެ ޕްރައިވެޓް ފެރީއެއް ށ. ކާށިދޫ ކާރިން ތެޔޮ ހުސްވެގެން އިންޖީނު ހުއްޓިފައިވާ ކަމުގެ ރިޕޯޓް މިއަދު 18:18 ހާއިރު ލިބިފައިވާ ކަމަށެވެ. 

އެހެންކަމުން ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފްގެ ނޮދާން އޭރިއާ ކޯސްޓް ގާޑުން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ދޯންޏަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ. 

އަދި މިހާރު އެ ދޯނި މާުއުގޫދޫއަށް ދަތުރު ފަށާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާކަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް