ads
މާލެ ސިޓީ ކައުންސިލް
ކުރީގެ ޑެޕިއުޓީ މޭޔަރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި
މާލޭސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ 250 އަކަފޫޓުގެ ބިމެއްގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޝުޖާއު ސޮއިކޮށް އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި އިމާރާތުގެ ހުއްދަ 2014 ޖެނުއަރީ 15 ވަނަ ދުވަހު ދޫކޮށްފައިވާ ކަމަށެވެ. 

"މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް" މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނެފައިވަނީ  އެބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާކަމާއި، އެލިޔުމަކީ، މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހްޤީޤަށް އެނގެން އޮންނަ ކަމަށެވެ. 

އެެހެން ކަމުން އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ އަމަލެއް ކަމަށް ނިންމާ ޝުޖާއުގެ  މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް