ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ސީއެންއެމް
ވ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ވ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ވ. އަތޮޅުން ގދ. އަތޮޅަށް މިއަދު ހެނދުނު 10:30 ހުން ހަވީރު 04:30 ހަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. 

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މޫސުމަށް ސަމާލުވުމަށް މީގެ ކުރިންވެސް ކަމާގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް