ads
އިންފޮމޭޝަން ކޮމިޝަނަރު، ހުސެއިން ފިޔާޒު މޫސާ-- ފޮޓޯ: އަވަސް
ރަންވަނަ އެވޯޑާއި މީޑިއާތަކަށް ދޭ އެވޯޑު މިއަހަރު ނުދޭން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ރަންވަނަ އެވޯޑާއި މީޑިއާތަކަށް ދެވޭ އެވޯޑު މިއަހަރު ނުދޭން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމުގެ އިތުރުން މައުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަކުރެވޭ މީޑިއާއަށް ހާއްސަކޮށް މިއަހަރު މުޅިން އަލަަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ އެވޯޑު، ކޮވިޑް-19 އާ ގުޅިގެން ނުދޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ. 

އެކަމަކު އަންނަ އަހަރުން ފެށިގެން އެ އެވޯޑުތައް ދެމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ނަމަވެސް އިރާދަކުރެއްވިއްޔާ، އަންނަ އަހަރުން ފެށިގެން މި ދެންނެވި އެވޯޑުތައް ގަވާއިދުން ދެވެމުން ދާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުނެ އެވެ. 

ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ކަނޑައެޅިފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި، މާއްދާ 29 އިން އެކަށައަޅާފައިވާ ހައްގު މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކޮށް އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އެ އޮފީހުން އަންނަނީ އެވޯޑުތައް ދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް