ads
ކޮވިޑް19 އަށް ބަޔަކު ޓެސްޓު ކުރަނީ--
ނުވަލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ
ކޮވިޑް-19 ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 900،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާއިން އެނގޭ ގޮތުގައި އެ ބަލީގައި މިހާރު 900،079 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެގެން ގޮސްފަ އެވެ. 

އޭގެ ތެރެއިން 190،649 މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. ބްރެޒިލްގައި 128،539 މީހުން މަރުވެފައި ވާއިރު، 75،062 މީހުން ވަނީ މަރުވެފަ އެވެ. 

މިހާރު ދުނިޭގެ 27،695،130 މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އެއީ އެމެރިކާގެ 6،362،400 މީހުންނާއި، އިންޑިއާގެ 4،465،883 މީހުން އަދި ބްރެޒިލް 4،197،889 މީހުންނެވެ. 

ރާއްޖެއަށް ބަލާއިރު، މިހާތަނަށް 8،834 މީހަކަށް މި ބަލި ޖެހިފައި ވާއިރު 31 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް