ads
އޭއެފްސީ ކަޕުގެ މެޗަކަށް ފަހު މާޒިޔާގެ އިބްރާހިމް މަހުދީ
އޭއެފްސީ ކަޕް ކެންސަލް ކުރަން ލަފާދީފި
މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަން، މުބާރާތް އިންތިޒާމް ކުރާ ކޮމިޓީން އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮމްޕެޓިޝަން ކޮމިޓީގެ މި ރިކޮމަންޑޭޝަނާއި ގުޅޭ ގޮތުން އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން މިއަދު ގޮތެއް ނިންމާނެއެވެ.

ކޮވިޑާއި ގުޅިގެން މިއަހަރުގެ މާރިޗު މަހު، އޭއެފްސީ ކަޕުގެ މެޗުތައްވަނީ މެދު ކަނޑާލާފައެވެ. އޭނގެ ފަހުން، މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް، ސިންގަލް ވެނިއުއެއްގައި ކުރިއަށް ގެންދަން އޭއެފްސީންވަނީ ނިންމާފައެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ގިނަ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަދި ލުބްނާނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހަކީމް ހައިދަރުއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އޮންނަ އޭއެފްސީގެ އެކްސްކޯ ބައްދަލުވުމުގައި، ކޮމްޕެޓިޝަން ކޮމިޓީގެ ހުށަހެޅުމާއި މެދު ގޮތެއް ނިންމާނެއެވެ. މި ބައްދަލުވުން އޮންނާނީ ވަރޗުއަލްކޮށެވެ.

މުބާރާތް ކުރިއަށް ގެންދެވޭނެ ފަދަ މާހައުލެއް ގިނަ ގައުމުތަކުގައި ނެތް. ކޮމްޕެޓިޝަން ކޮމިޓީން ރިކޮމެންޑް ކުރަނީ މި އަހަރުގެ މުބާރާތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތަތީ މުބާރާތް ކެންސަލް ކުރަން. މި ކަމާއި މެދު ބުރާސްފަތި ދުވަހު އެކްސްކޯއިން ގޮތެއް ނިންމާނެ

މި މުބާރާތުގައި ރާއްޖޭން މި ފަހަރު ވާދަކުރަނީ މާޒިޔާއާ ޓީސީއެވެ. ރާއްޖޭގެ މާޒިޔާއާ ޓީސީ ހިމެނޭ ގްރޫޕުންވެސް ބަންގްލަދޭޝް އަދި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތް ކުރިއަށް ގެންދަން ބޭނުން ނުވުމުން ރާއްޖޭގައި މުބާރާތް ބޭއްވުމަށް އެފްއޭއެމުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންތަކާއި ގުޅިގެން، ރާއްޖޭގައި މުބާރާތް ކުރިއަށް ގެންދަން ހުއްދަދޭނެ ކަމާއި މެދު ސުވާލު އުފެދިފައިވަނިކޮށް އެހެން ބައެއް ގްރޫޕްތައް ނިސްބަތްވާ ގައުމުތަކުންވެސް މުބާރާތް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭއެފްސީއަށް ވަނީ އަންގާފައެވެ. އޭއެފްސީގެ ޖެނެރަލް ސެކެޓްރީ ސޮއި ކުރައްވާ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީގައި މިކަން ބަޔާންކޮށް ދެން މުބާރާތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ގޮތްތަކެއް ނިންމާނެ ކަންވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް