ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރައީސް ސޯލިހު---
ކޮޗިން-ރާއްޖެ ފެރީ މި މަހު 20 ގައި ފަށަނީ
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ފެރީގެ ދަތުރުތައް މި މަހު 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އެގޮތުން ރާއްޖެ އަންނަ ދަތުރުގައި ފުރަތަމަ ކާގޯ ފެރީ މި މަހުގެ ދެވަނަ ދުވަހު ޓުޓިކޮރިން އިން ފުރައިގެން ކޮޗިން ގައި މަޑުކުރާނީ މިމަހުގެ 22 ގައެވެ. 

އެ ފެރީ ކޮޗިން އިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މިއީ ކޮޗިންއިން ކުޅުދުއްފުށި ޕޯޓާއި މާލެ ޕޯޓަށް ކުރާ ދަތުރުތަކެކެވެ. 

ކޮންމެ މަހަކު މިފަދަ 2-3 ދަތުރު ކުރުމަށް ރާވާފައި ވެއެވެ. މިހާރު ރާއްޖެ އަންނަމުންދާ ބޯޓުގެ ކާގޯގެ ގޮތުގައި މެޝިނަރީ، ފަރުނީޗަރު، ބޭސް އަދި ކާބޯތަކެތި ހިމެނޭ ކަމަށް ނޫސްތަކުގައި ވެއެވެ. 

ކޮޗިން އިން ރާއްޖެއަށް ފެރީގެ ދަތުރު ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް