ads
ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލަކުގައި ތަރައްގީކުރާ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި
ފުވައްމުލައް ސިޓީ ހޯދަޑު އަވަށުގައި ތަރައްގީ ކުރާ ފުޓުބޯޅާ ދަނޑުގައި ޓާފް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީ ހޯދަޑު އަވަށުގައި ތަރައްގީކުރާ ފުޓުބޯޅާ ދަނޑުގައި ޓާފް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ލިރާރު ވިދާޅުވީ ފީފާއިން ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިވަގުތު ކުރިއަށްދަނީ ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތް ކުރަން އެމްޓީސީސީއަށް ފާއިތުވި ސެޕްޓެމްބަރު މަހު ހަވާލުކޮށްފައިވާ އިރު މި މަސައްކަތް ނިންމުމަށް ހަވާލުކުރީ މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް މި މަސައްކަތް ނިމިގެން ދާނެކަމަށް ބެލެވޭ ކަމަށް ލިރާރު ވިދާޅުވި އެވެ.

މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމުން ދެން ކުރިއަށް ދާނީ ޓާފް އެޅުމުގެ މަސައްކަތް ކަމަށާއި ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށް ކަމަށްވެސް ލިރާރު ވިދާޅުވިއެވެ.

އަމީން ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

އަމީން ކޮންސްޓްރަކްޝަނާއި ޔޫތު މިނިސްޓްރީއާއި ދެމެދު މިކަމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމުގެ ދަށުން އިއްޔެ ފެށުނު ސަބްބޭސް ލޭޔަރުގެ މަަސައްކަތް ނިމުނުހާ އަވަހަށް ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މި ދަނޑަކީ ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ދަށުން ލިބުނު އެހީގައި ފުވައްމުލައް ސިޓީގައި ޓާފް ދަނޑެއް އެޅުމަށް އޭރު އެފްއޭއެމް އިން ނިންމާފައިވާ މަސައްކަތެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް