ads
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ޖަޕާނުންދޭ ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ޖަޕާނުންދޭން ނިންމާފައިވާ 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރާއްޖެއާއި ޖަޕާނުގެ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ހަ ދަރިވަރަކަށް މި ފުރުސަތު ދޭން ނިންމާފައިވެ އެވެ. އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާނުން ރާއްޖެއަށްދޭ އެ ސްކޮލާޝިޕްތަކާއި ގުޅިގެން މިއަދު ވަނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމުގައި ސޮއި ކުރެވިފަ އެވެ. 

އެގޮތުން ރާއްޖޭގެ ފަރާތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ސޮއި ކުރެއްވިއިރު އެގައުމުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ރާއްޖޭގެ އޮފީހުގެ ރެޕްރެޒެންޓޭޓިވް އެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. 

އަންނަ އަހަރުން ފެށިގެން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް، ކޮންމެ އަހަރަކު ވެސް ހަ ދިވެހި ދަރިވަރަކަށް މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ދޭނެ އެވެ. ގްރާންޓް އެއިޑް ޕެކޭޖުގެ ދަށުން ތައުލީމު ހާސިލުކުރާ އެ ދަރިވަރުންނަށް 1.2 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. 

ޖަޕާނުން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް