ads
ޑރ. ޖެސިކާ ކްރަގް-- ފޮޓޯ: ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ/ ސްކްރީންޝޮޓް
އަހަރުތަކެއް ވަންދެން ކަޅު މީހަކަށް ހެދިގެން އުޅުނު ޕްރޮފެސަރަކު އިސްތިއުފާ ދީފީ
އެތައް އަހަރުތަކެއް ވަންދެން ކަޅު ނަސްލުގެ މީހަކަށް ހެދިގެން އުޅުނު އެމެރިކާގެ ޕްރޮފެސަރަކު ޖޯޖް ވޮޝިންޓަން ޔުނިވާސިޓީން އިސްތިއުފާ ދީފި އެވެ.

ޑރ. ޖެސިކާ ކްރަގް މީޑިއާގެ ސަމާލުކަމަށް އައީ އޭނާ އެތައް އަހަރެއް ވަންދެން ކަޅު ނަސްލުގެ މީހަކަށް ހެދިގެން، އެތައް ބަޔަކަށް އޮޅުވާލި ކަމަށް ބްލޮގްޕޯސްޓެއްގައި އަމިއްލައަށް ލިޔުމުންނެވެ. 

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީން ކުރި ޓްވީޓެއްގައި ބުނީ އޭނާ ވަޒީފާއިން އަމިއްލައަށް އިސްތިއުފާ ދީފައިވާ ކަމަށެވެ. އޭނާގެ ކްލާސްތައް ދެން ނަގައިދޭނީ އެހެން ޕްރޮފެސަރުން ކަމަށް ވެސް ބުނެފައި ވެއެވެ. 

ކްރަގްއަކީ އެ ޔުނިވާސިޓީގައި ތާރީހު ކިޔަވައިދެމުން ދިޔަ ޕްރޮފެސަރެކެވެ. އޭނާ ވަނީ ކަޅު ނަސްލުގެ މީހުންގެ ތާރީހާ ބެހޭ ގޮތުން ގިނަ ލިޔުންތައް ލިޔެފައި ވެއެވެ. އެފަދަ ލިޔުމެއްގައި އޭނާ ބުނެފައި ވަނީ އޭނާއަކީ ކަޅު މީހެއް ނޫން ކަމަށާއި، ކެންސަސް ސިޓީއަށް ނިސްބަތްވާ ދޮން މީހެއް ކަމަށެވެ.

ކްރަގް ބުނީ އޭނާގެ ހަޔާތުގެ ބޮޑު ބައި އުޅުނީ މީހުންނަށް އޮޅުވާލައިގެން ކަމަށާއި، އެއީ ނަފްސާނީ ބައްޔެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. އަދި އެކަމަށް މައާފަށް އެދިފައި ވެއެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް