ads
މާޒިޔާގެ އަހްމަދު އަބްދުﷲ އޭއެފްސީ މެޗެއްގެ ޕްރެކްޓިހުގައި
އޭއެފްސީ ކަޕް އެންމެ ފަހުން ކެންސަލް ކޮށްފި
ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުން މުބާރާތުގެ މެޗުތައް ހޯސްޓް ކުރަން ދެކޮޅު ހެދުމުން، އެންމެ ފަހުން އޭއެފްސީ ކަޕް ކެންސަލް ކުރަން އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފި އެވެ.

އޭއެފްސީގެ ކޮމްޕެޓިޝަން ކޮމިޓީގެ ރިކޮމެންޑޭޝަނާއި އެކު މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމީ މިއަދު އޮތް ވަރޗުއަލް ބައްދަލުވުމެއްގަ އެވެ.

އެ މުބާރާތުގައި މިއަހަރު ރާއްޖޭން ވާދަކުރަނީ މާޒިޔާ އާއި ޓީސީންނެވެ. ޓީސީން މުބާރާތުގެ ތައްޔާރީގެ މާބޮޑު ކަމެއް ނުކުރި ނަމަވެސް މާޒިޔާއިން އައީ މުބާރާތަށް ސީރިއަސްކޮށް ތައްޔާރުވަމުންނެވެ. މުބާރާތް ކެންސަލް ކުރަން އޭއެފްސީން މިއަދު ނިންމިއިރު، ޓީސީއާއި މާޒިޔާ ހިމެނޭ ގްރޫޕުގެ މެޗުތައް މާލޭގައި ކުޅުމަށް އެފްއޭއެމުން އައީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ މުބާރާތް ކެންސަލް ކުރަން އޭއެފްސީން މިއަދު ނިންމިއިރު، ކޮވިޑާއި ގުޅިގެން މިއަހަރުގެ މާރިޗު މަހު، އޭއެފްސީ ކަޕުގެ މެޗުތައް ވަނީ މެދުކަނޑާލާފަ އެވެ. އޭގެ ފަހުން، ފޯމެޓަށް ބަދަލު ގެނެސް، ސިންގަލް ވެނިއުއެއްގައި ކުރިއަށް ގެންދަން އޭއެފްސީން ނިންމި އެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ގިނަ ގައުމުތަކުން ދެކޮޅު ހެދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް