ads
އަލީ ވަހީދު--
އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަންފަށައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ސިޔާސީ ބައެއް މުވައްޒަފުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްމުން އޭސީސީއިން ބުނެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ. އެގޮތުން ބަލަމުން އައީ އަށް މައްސަލައެއްކަން ފާހަގަކޮށްފައިވެ އެވެ. 

އޭސީސީ އިން ބުނެފައިވަނީ އެމައްސަލަތައް ބަލަމުން ދަނިކޮށް ސެޕްޓެމްބަރު ހަތް ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް އިތުރު މައްސަލަތަކެއް ހުށަހަޅާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތައް!

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ގެނަސްދިން ޕީޕީއީތައް ގެނައުމަށް ސައިކޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) އާއި އެކު ޓޫރިޒަމް މިނިސްޓްރީ އިން ވެފައިވާ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަނުވާކަން އޮޓިޑް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ޓޫރިޒަމް އިން އެ މަސައްކަތް ކުރުމަށް އެސްއެސްއައި އާއި ހަވާލުކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެކުންފުންޏަށް ފައިސާ ދައްކާފައިވާ ކަަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.  އަދި ޓޫރިޒަމް މިނިސްޓްރީ އިން ގަނެފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އެ މިނިސްޓްރީ އިން ގަނެފައި ވަނީ އެތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީ އިން ދީފައިވާ ހުއްދަ އާއި އެއްގޮތަށް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޮޓިޑްރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް