ads
ކޯޓްނީ އަދި އޭނަގެ ކުދިން--
ކޯޓްނީ އަނެއްކާވެސް ބަނޑުބޮޑީތަ؟
ކޯޓްނީ ކަޑާޝިއަން އާއި އޭނަގެ ކުރީގެ ފިރިމީހާ ސްކޮޓް ޑީސިކްގެ ގުޅުން މަޝްހޫރް ރިއާލަޓީ ޝޯ "ކީޕްއަޕް ވިތް ކަޑާޝިއަން"ގެ ފޭނުން ވަރަށް ރަނގަޅަށް ހަދާން ހުންނާނެއެވެ

2010 ވަނަ އަހަރު ކައިވެނިކުރި އެ ދެމީހުންގެ ހުއްޓުމެއް ނެތް ކޯޅުންތަކާއި ރިލޭޝަންޝިޕްގެ ޑްރާމާތައް ވަރަށް ރަނގަޅަށް އެ ޝޯ މެދުވެރިކޮށް ފެނިގެންދިއައެވެ. ކާޑޭޝިއަން އާއިލާގެ މުޅި ދިރިއުޅުން ގެނެސްދިން އެ ރިއާލިޓީ ޝޯގައި އެއާއިލާގެ ކޮންމެ ދުވަހެއްގެ މަސައްކަތްތަކާއި ދިރިއުޅުން ވަރަށް ރަނގަޅަށް ބަލާލަން ލިބުނެވެ. އޭގެ  ތެރެއިން ވެސް ކޯޓްނީ އާއި ސްކޮޓްގެ ގުޅުން ފާހަގަކޮށްލެވެ އެވެ.

2015 ވަނަ އަހަރު އެ ދެމީހުން ވަނީ އެތައް ކޯޅުމަކަށް ފަހު ވަރިވެފައެވެ. އެހެންނަމަވެސް އޭގެ ފަހުން މިހާރު އަނެއްކާވެސް ބޭރުގެ ހަބަރުތައް ރިޕޯޓްކުރާ ގޮތުން ކޯޓްނީ އިނީ އެމީހުންގެ ހަތަރު ވަނަ ދަރިއަކަށް ބަލިވެއެވެ. މި ހަބަރުތައް އެދެމީހުން ޔަގީންކޮށްދީފައި ނުވި ނަމަވެސް ކޯޓްނީ އާއި ސްކޮޓް އަނެއްކާވެސް ރައްޓެހިވެގެން އުޅޭކަމުގެ ތުހުމަތުތަކާއި އެކު ވަރަށް އަވަހަށް ކޯޓްނީއަށް ހަތަރުވަނަ ކުއްޖަކު ލިބޭނެ ކަމުގެ ހަބަރުތައް ދަނީ ފެތުރެމުންނެވެ. 

އޭގެ ކުރިން އެދެމީހުންނަށް ތިން ކުދިން ލިބިފައިވާއިރު ކޯޓްނީ މީގެ ކުރިންވެސް ބުނެފައިވަނީ އޭނަ އިތުރު ކުއްޖެއް ހޯދާނަމަ ހޯދަން ބޭނުންވަނީ ސްކޮޓް އާއިއެކު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް