ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައިވަނި ކެލާ އަދި ދިއްދޫގައި ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ކުރި ދެ މީހަކު ކޮވީޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެގޮތުން ކެލާއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ދިއްދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެކެވެ.
އިއްޔަ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 66 މީހަކެވެ. ޕޮޒިޓިވްވި 66 މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީއެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8900 އަށް ވަނީ އަރާފަ އެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 2304 ގައި އުޅޭއިރު ރަނގަޅުވި އަދަދު އުޅެނީ 6559 ގަ އެވެ.