ads
މިދިޔަ އަހަރުގެ ތެރޭގައި ނައިބް ރައީސް އިމާދުއްދީން ސްކޫލަށް ވަޑަައިގެން ތަނުގެ ވެރިންނާއި ދަރިވަރުންނާއެކު--- ފޮޓޯ: ރައީސް އޮފީސް
ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ގިނަވެގެން ހުރެވެނީ އަށް އަހަރަށް
އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރަށް ކަމަށް ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ އުސޫލުގައި ބުނެފި އެވެ.

އެ އުސޫލަކީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެންމެ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ. އަދި ދިގު މުއްދަތެއް ވަންދެން އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދާއި، އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން ސްކޫލުތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދުމަށް އިއުލާންކުރަނީ ސިވިސް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކުގެ މައްޗަށް ބެލުމަށް ފަހެވެ. އަދި އެމަގާމަށް ހޮވާ ފަރާތެއް ކަނޑައަޅަނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކްސް ދިނުމުގެ އުސޫލުގައިވާ ގޮތަށެވެ. 

އުސޫލުގައި ބުނީ ޕްރިންސިޕަލުންގެ މަގާމަކީ ސިވިލް ސާވިސްގެ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާއި މެދު އަމަލުކުރަނީ ސީއެސްސީގެ ގަވާއިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާއި މެދު އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅަނީ ވެސް ކޮމިޓީއަކުންކަން އުސޫލުގައި ފާހަގަކުރެ އެވެ.  

އޭގެ އިތުރުން ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތުގައި ވަޒީފާއަދާކުރާނެ ސްކޫލެއް ކަނޑައެޅުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން ޕާމަނަންޓް ސެކްރެޓަރީ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ދާއިމީ ކޮމެޓީއެއް ވެސް އެކުލަވާލަން ޖެހެ އެވެ. އެގޮތުން ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މީލާދީ ހަތަރު އަހަރު ކަމަށާއި އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ވިދިވިދިގެން އުޅެވޭނީ ވެސް އަށް އަހަރު ކަމަށް ކަނޑައަޅާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް