ads
އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް
ފަގީރު އަންހެނަކު ދެކެ މަލައިކާ ރުޅި އަތުވެއްޖެ
ގާތްގަނޑަކަށް 20 އަށް އަހަރު އެކުގައި އުޅުމަށް ފަހު މަލައިކާ އަރޯރާ އާއި އަރްބާޒް ހާނު، ވަކިވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ވަރިވުމަށްފަހު މަލައިކާ މިހާރު ވަނީ ބޮލީވުޑުގެ ބަތަލު، އަރްޖުން ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ.
ގާތްގަނޑަކަށް 20 އަހަރު އެކުގައި އުޅުމަށްފަހު މަލައިކާ އަރޯރާ އާއި އަރްބާޒް ހާނު، ވަކިވެފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައިވީނަމަވެސް ވަރިވުމަށްފަހު މަލައިކާ މިހާރު ވަނީ ބޮލީވުޑުގެ ބަތަލު، އަރްޖުން ކަޕޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ.

އަރްބާޒް މަތިން ހަނދާން ނައްތާލާ، އަރްޖުންއާ ގުޅުނުއިރު މަލައިކާ މިހާރު ވަނީ އަރްޖުންގެ އާއިލާއާ ގާތްގުޅުމެއް ވެސް އުފައްދާފަ އެވެ. މިދެތަރިން ގުޅިގެން އުޅޭކަން މީޑިއާތަކަށް ތިލަކޮށްލުމަށްފަހު ދެތަރިން އެކުގައި ޗުއްޓީ ހޭދަކުރުންވެސް މިވަނީ އާންމުވެފަ އެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ މަަލައިކާގެ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި މިވަނީ ކުރީގެ ފިރިމީހާ، އަރްބާޒުގެ ނަން އިވުމުން އޭނާގެ މޫނު މައްޗަށް ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ގެނުވާފައިވާތީ އެވެ.

އެކަމެއް ކުރިމަތިވީ އުމުރުން 46 އަހަރުގެ މަލައިކާ ޖިމުން ނިކުތް ވަގުތެވެ. އެގޮތުން މަގުމަތީގައި މާވިއްކަމުންދިޔަ ފަގީރު އަންހެނަކު ވަނީ މަލައިކާގެ ކައިރީން މާގަތުމަށް އެދިފަ އެވެ. އަދި އެކަމަށް އަޅާނުލައި މަލައިކާ ދާން ފެށުމުން އެމީހާ ވަނީ އެ މަލަކީ އަރްބާޒުގެ ފަރާތުން ދޭ އެއްޗެއް ކަމަށް ދެކި ނެގުމަށް އެދިފަ އެވެ. އެކަމަކު އެއާއެކު މަލައިކާ ވަނީ އެކަމަށް ހިތްހަމަނުޖެހިފަ އެވެ. އާންމުވެފައިވާ ވީޑިއޯއިން އެ މީހާ އެހެން ބުނުމުން މަލައިކާ ހިތްހަމަނުޖެހުނުކަން ވަރަށް ސާފުކޮށް އެނގެ އެވެ. އެކަމަކު އެއްޗެކޭ ނުބުނެ އެވެ.

ކުރިން ހަބަރުތައް ބުނި ގޮތުގައި މަލައިކާ އާއި އަރްބާޒް ވަކިވުމުގެ އަސްލަކީ ވެސް އަރްޖުންނެވެ. އެގޮތުން އެދެމެދަށް އަރްޖުން ވަނުމުގެ ނަތީޖާއަކީ މަލައިކާ ވަރިކުރުން ކަމަށްވެ އެވެ. ވަރިކުރިޔަސް، ދެމީހުން ގުޅިގެން ދަރިފުޅުގެ ކަންކަން ބަލަމުންދާ މަންޒަރު ފެނެ އެވެ.

މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާ އަރްޖުން އާއި މަލައިކާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތައް ވެސް މިދޭތެރެއިން ގަދަވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް