ads
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހިދު--
ރާއްޖެ ދަނީ ދުވަހަކަށް ވުރެ ދުވަހެއް އަޑިއަށް: ޑރ. ވަހީދު
ރާއްޖެ ދަނީ ދުވަހަކަށް ވުރެއް ދުވަހެއް އަޑިއަށް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ފަންޑު ފޮށި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީ ހަދައިގެން މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންގެ ހިއްސާ އޮތުން މުހިންމު ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ. 

ޑިމޮކްރަޓިކް ޕާޓީއެއްގެ ބިންގަލަކީ މެމްބަރުންކަން ފާހަގަކޮށް ޑރ. ވަހީދު ވިދާޅުވީ ދެތިން މީހަކު ފަންޑުކޮށްގެން ޕާޓީ ހިންގުމުން އެއީ ޑޮމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެ ދަނީ ދުވަހަކަށް ވުރެއް ދުވަހެއް އަޑިއަށް ކަމަށެވެ. އަދި ރާއްޖެ އަޑިއަށްދާ ދިއުން ހިފަހައްޓަންޖެހޭ ކަމަށާއި، އަދި އެކަމަށްޓަކައި ކުރަންޖެހޭ ގިނަގުނަ މަސައްކަތްތައް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ. ޑރ. ވަހީދު ވިދާޅުވީ ގާނޫނީގޮތުން ދައުލަތުން ޕާޓީތަކަށް ވާންޖެހޭ އެހީތެރިކަން ވެނުދިނަސްވެސް އިދިކޮޅުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޑރ. ވަހީދު ވިދާޅުވީ ވެރިކަން ހަވާލު ކުރަންޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރެވޭ ބަޔަކަށް ކަމަށާއި، އެހެން ނޫންނަމަ އެކަމުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ދުވަހަކަށްވުރެއް ދުވަހެއް އިތުރުވެ ވަރުގަދަވަމުންދާކަން ފާހަގަކޮށް ޑރ. ވަހީދު ވިދާޅުވީ އެކަންކަން ކުރުމުގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް