ads
ރިތިކް އާއި އޭނާގެ ދެ ދަރިން
ޕަޕަރާޒީންނާ މެދު ރިތިކުގެ ދަރިންގެ އެއްވެސް މައްސަލައެއް ނެތް
ބޮލީވުޑުގެ ތަރިންނެކޭ އެއްގޮތަށް އެމީހުންގެ ދަރިންނާއި އާއިލާ މީހުންނާއި ކިރިޔާވެސް ގުޅުމެއް އޮންނަނަމަ އެމީހުންނަށް އަބަދުވެސް ޕަޕަރާޒީންގެ ސަމާލުކަން ލިބެ އެވެ.
ބޮލީވުޑުގެ ތަރިންނެކޭ އެއްގޮތަށް އެމީހުންގެ ދަރިންނާއި އާއިލާ މީހުންނާއި ކިރިޔާވެސް ގުޅުމެއް އޮންނަނަމަ އެމީހުންނަށް އަބަދުވެސް ޕަޕަރާޒީންގެ ސަމާލުކަން ލިބެ އެވެ. އެގޮތުން ރިތިކަކީ ވެސް ބޮލީވުޑުގެ ނަން މަޝްހޫރު ފަންނާނެއް ކަމުން އޭނާއެކޭ އެއްގޮތަށް ދަރިންނަށް ވެސް ބޮޑު ސަމާލުކަމެއް ލިބެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި އުމުރުން 45 އަހަރުގެ ރިތިކް މިވަނީ ޕަޕަރާޒީންނާ މެދު އޭނާގެ ދެ ދަރިން ކަމަށްވާ، ރިދާން އާއި ރިހާންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފަ އެވެ. އެގޮތުން ތަނަކަށް ދާއިރުވެސް ފަހަތުން ޕަޕަރާޒީން އައިސް ފޮޓޯ ނެގިޔަސް އެކުދިންގެ މައްސަލައެއް ނެތީ އެއީ ޕަޕަރާޒީންގެ މަސައްކަތް ކަމަށް އެކުދިންނަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ރިތިކް ބުންޏެވެ.

މީގެއިތުރުން ރިތިކް ބުނީ އެކަމުގައި އޭނާގެ މައްސަލައެއް ވެސް ނެތް ކަމަށާއި ޕަޕަރާޒީންނާ މެދު ބައެއް ފަަހަރު އޭނާ އެއްޗެކޭ ބުނަނީ އެއީ އޭނާ ދެކޭ ގޮތް ކަމަށެވެ.

ރިތިކްގެ ދެ ކުދިންނަކީ 2000 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އޭނާ ކޮށްގެން އުޅުން ކައިވެނީގެ ތެރެއިން ލިބުނު ދެ ކުދިންނެވެ.

ސުޒާން ހާނާއި ރިތިކް ވަކިވި ނަމަވެސް އެމީހުން އުޅެމުން އަންނަނީ ވަރަށް ގާތްކޮށެވެ. އަދި ދަރިންގެ ކަންކަން ވެސް ވަރަށް ގުޅިގެން ބަލަމުންދާ މަންޒަރު ފެނެ އެވެ.

ކަހޯނާ ޕިޔާރު ހޭއިން ބޮލީވުޑަށް ތައާރަފުވި ރިތިކަށް ވަނީ އެފިލްމުން ވެސް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

މީގެ އިތުރުން ކޮއި މިލް ގަޔާ އާއި ކްރިޝް ފަދަ ބޮޑެތި ހިޓް ފިލްމުތަކުން ވެސް ރިތިކް ފެނިގެންދިޔަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް