ads
މަނަދޫ---ފޮޓޯ:ޑިސްކަވާ މަނަދޫ
ނ. މަނަދޫއަށް އަރާއި ފޭބުން މަނާކޮށްފި
ނ. މަނަދޫއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިރޭ 19:39 އިން ފެށިގެން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެންނެވެ. މަނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

އެރަށް މޮނިޓަރިންއަށް ލާފައިވާކަން އަންގާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވާ ފޮނުއްވި އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންއަށް ލާފައިވާކަމަށާއި އެހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

މޮނިޓާކުރުމާ ގުޅިގެން އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ.

މަނަދޫއިން މީގެ ކުރިންވެސް ފުރަބަންދު ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނަ އެވެ. 

މިއަދު ރާއްޖޭގެ ފަސް ރަށަކުން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ. 

މިއަދު ކޮވިޑްގެ ކޭސްތައް ފެނިފައި ވަނީ ތ. ވޭމަންޑޫ އާއި ނ. މަނަދޫ އަދި ޅ. ނައިފަރާއި ރ. ދުވާފަރުގެ އިތުރުން ގދ. ހޯނޑެއްދޫ އިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް