ads
ސަން ޝިޔާމް--
ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރެފި
ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން އަމުރެއްކޮށްފި އެވެ.

ސިވިލް ކޯޓުން އެ އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށް، އެ އެކައުންޓުތަކުގެ ތަފްސީލު ފޮނުވަން ބޭންކަށް އަންގަ އެވެ.

އެ އަމުރު ނެރެފައި ވަނީ ސަން ޓްރެވަލްސްގެ ހިލްޓަން އިންޓަނޭޝަނަލް ކުންފުނިން ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައާ ގުޅިގެންނެވެ. 

އިރުފުށި ރިސޯޓު ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް ކުންފުނިން ބާތިލުކުރުމުން ހިލްޓަންއަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ސިންގަޕޫރު އާބިޓްރޭޝަނުން އެ ކުންފުންޏަށް އެންގި އެވެ. އެކަމަކު އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންވެ ހިލްޓަން އިން ވަނީ ރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް