ads
ޕްރިޔަންކާ ޗޯޕްރާ--
ޕްރިޔަންކާގެ އާ ހެއާ ސްޓައިލް ކަމުދޭތަ؟
ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މި ވަނީ އޭނާގެ އިސްތަށިގަނޑުގެ ސްޓައިލަށް ބަދަލު ގެނެސް އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

ނިކް ޖޯނަސް އާއެކު މި ވަގުތު ލޮސް އެންޖެލަސް ގައި ހުރި ޕްރިޔަންކާގެ މި ސްޓައިލަކީ ނިއްކުރި މަތިން އިސްތަށިގަނޑު ކުރުކޮށް "ބޭންގްސް" ހަދާފައިވާ ސްޓައިލެކެވެ. 

އެ ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓުގައި ޕްރިޔަންކާ ލިޔެފައި ވަނީ "ނިއު ހެއާ، ޑޯންޓް ކެއާ" އެވެ. މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ މިފަދަ ބަދަލު އިސްތަށިގަނޑަށް ގެނެސްފަ އެވެ.

އެގޮތުން އޭނާގެ ފުރަތަމަ މިއުޒިކް ސިންގަލް "އިން މައި ސިޓީ" 2012 ވަނަ އަހަރު ރިލީޒް ކުރިއިރު ވެސް ހުރީ މި ގޮތަށެވެ. އަދި 2013 ގައި ފިލްމު "ޒަންޖީރު" އަދި 2014 ގައި "މޭރީ ކޮމް" ގައި ހުރި މިގޮތަށެވެ. 

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ނިކް އާއި ޕްރިޔަންކާ ގޭގައި އަމިއްލައަށް ކަރަންޓީނުވެގެން ތިބޭތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ ޝޮނާލީ ބޯޒޭގެ "ދަ ސްކައި އިޒް ޕިންކް" އިންނެވެ. އެ ފިލްމުގައި ދެން އުޅުނީ ޒައިރާ ވަސީމް އާއި ފަރްހާން އަހްތަރެވެ. 

އޭނާގެ ކުރިއަށް އޮތް ބޮލީވުޑް ފިލްމު އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ހޮލީވުޑުން ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ކިއާނޫ ރީވްސްގެ އެކްޝަން ފިލްމު "މެޓްރިކްސް 4" އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް