ads
ެެެެެެެެެެޑރ. ލީ މެން ޔަންގް
ޗައިނާގެ ލެބެއްގައި ކޮވިޑް އުފެއްދިކަމުގެ ހެކި އެބަހުރި ކަމަށް ވައިރޮލޮޖިސްޓަކު ބުނެފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަކީ ޗައިނާގެ ލެބެއްގައި އުފެއްދި އެއްޗެއްކަން ސާބިތުކުރުމަށް ސައިންޓިފިކް ހެކި އެބަހުރި ކަމަށް ޗައިނާގެ ވައިރޮލޮޖިސްޓަކު ބުނެފި އެވެ.

އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާމެދު އޮތް ބިރެއްގެ ސަބަބުން ފިލާ ހުރުމަށް ފަހު އޭނާ އެކަމުގައި ނިކުމެފައި މިވަނީ ކޮވިޑާއި ގުޅިގެން އެނގޭ ކަންކަން ހާމަނުކޮށް ހުރެއްޖެނަމަ ފަހުން އޭނާ "ރިގްރެޓް" ކުރަން ޖެހިދާނެތީ އެވެ. 

ޑރ. ލީ މެންގް ޔަންގް ނަމަކަށް ކިޔާ އެ ސައިންޓިސްޓް ބުނާ ގޮތުގައި އޭނާ ވަނީ ކޮވިޑްގެ ކަންކަން ފެށިގެން އައި ދުވަސްވަރު ދިރާސާތައް ފަށާފަ އެވެ. 

ބްރިޓިޝްގެ ޓޯކް ޝޯއެއް ކަމަށްވާ "ލޫސް ވިމަން" އަށް ދިން ވީޑިއޯ އިންޓަވިއުއެއްގައި އޭނާ ވަނީ 900،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކޮވިޑް-19 އަކީ ލެބެއްގައި އުފައްދާފައިވާ އެއްޗެއް ކަމާއި އެއީ ޗައިނާގެ ވޫހާނުގެ ލެބެއް ކަމަށް ވެސް ބުނެފަ އެވެ. އަދި އެ ލެބަކީ ޗައިނާގެ ސަރުކާރުން ކޮންޓްރޯލްކުރާ ތަނެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެ އެވެ.

ޑރ. ޔަންގް އިތުރަށް ބުނި ގޮތުގައި ކޮވިޑް-19 އަކީ ޗައިނާގެ ވުހާނުގެ މާކެޓަކުން ފެނުނު އެއްޗެއް ކަމަށް އެގައުމުން ބުނުމަކީ އެއީ ލެބެއްގައި އުފެއްދި އެއްޗެއްކަން އެނގިދާނެތީ އެކަން އޮއްބާލުމަށެވެ. 

އޭނާ އިތުރަށް ބުނީ ހޮންގް ކޮންގްގެ ޕަބްލިކް ހެލްތު ސްކޫލުގައި މަސައްކަތްކުރާ އޭނާ ކުރީގެ ސުޕަވައިޒަރުގެ ސަމާލުކަމަށް، ކޮވިޑަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ އެއްޗެއް ކަމަށް އިޝާރާތްކުރުމާއެކު އެ ވާހަކަ ނުދައްކަން އެންގި ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހޮންގްކޮންގް ދޫކޮށް އެމެރިކާގައި މިހާރު ދިރިއުޅެމުންދާ ޑރ. ޔަންގް ބުނާ ގޮތުގައި ވަރަށް އަވަހަށް ސައިންޓިފިކް ހެކިތައް އޭނާ ހިއްސާކުރާނެ އެވެ. އަދި މި ބަލިމަޑުކަމުން އަރައިނުގަނެވިއްޖެނަމަ، މިއީ އެންމެންނަށް އޮތް ބިރެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

"ހަގީގަތް ދުނިޔެއަށް ހާމަނުކޮށްފިނަމަ އަހަންނަށް އެނގޭ، އަހަރެން ފަހުން ހިތާމަކުރާނެކަން،" އެ ވާހަކަ ހިއްސާކުރި ސަބަބު ބަޔާންކޮށް ޑރ. ޔަންގް ބުނެ އެވެ.

އޭގެ އިތުރުން، ވެސް ޗައިނާއިން ދޫކޮށް ދިއުމުގެ ކުރިން އޭނާގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް އެ ގައުމުގެ ސަރުކާރުން ޑިލީޓްކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ. އަދި އޭނާއާ ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާކަމަށް ވެސް ތުހުމަތުކުރެ އެވެ. 

ޑރ. ޔަންގް ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއިރު މީގެ ކުރިން ވެސް އެއީ އެގައުމުގެ ލެބެއްގައި އުފައްދާފައިވާ އެއްޗެއް ކަމަށް އަޑުއެރި އެވެ. އެކަމަކު އެފަހަރު ވުހާންގެ ވައިރޮލޮޖީ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޔުއާން ޒިމިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް