ads
ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މޭވާ އާއި ތަރުކާރީ ބޭނުންވޭ--
ކޮވިޑް 19: ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރާނީ ކިހިނެއް؟
ކޮވިޑް-19 އަކީ ދުނިޔެއަށް މުޅިން އާ ބައްޔަކެވެ. އެހެންކަމުން މި ބައްޔާ ބެހޭ މާ ގިނަ މައުލޫމާތެއް ވެސް ނޭނގެ އެވެ. ކޮވިޑް-19 އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރެވޭނެ ގޮތްތަކެއް ވޭތޯ އެއީ ބައެއް ބައެއް މީހުންގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ.

ޔޫރޮޕިއަން ފިޑް އިންފޮމޭޝަން ކައުންސިލުން ބުނާ ގޮތުގައި ވަކި ކާ އެއްޗެއްގެ ސަބަބުން ނުވަތަ ވަކި ޑަޔެޓެއްގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ ކަމެއް އަދި ދިރާސާތަކުން ހޯދިފައެއް ނުވެ އެވެ. 

އެކަމަކު ބައެއް ކަހަލަ މާއްދާތަކަކީ އާއްމު ގޮތެއްގައި ހުރިހާ ބައްޔަކުން ވެސް ހަށިގަނޑު ދިފާއުކޮށްދޭން އެހީވެދޭ މާއްދާތަކެކެވެ. އޭގެ ތެރޭގައި ކޮޕާ، ފޮލޭޓް، އަޔަން، ސެލޭނިއަމް، ޒިންކް، ވިޓަމިން އޭ، ބީ6، ބީ12، ސީ އަދި ޑީ ހިމެނެ އެވެ. 

އާއްމު ގޮތެއްގައި ސިއްހީ ފަރާތްތަކުން ލަފާދެނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާ ހުރި، ބެލެންސްޑް ޑަޔަޓެއް ނެގުމަށެވެ. އެފަދަ ޑަޔަޓެއްގައި ކުރިން ފާހަގަކުރި މާއްދާތައް ފަސޭހައިން ހަށިގަނޑަށް ލިއްބައިދޭ މޭވާ އާއި ތަރުކާރީ ގިނައިން އެކުލެވޭނެ އެވެ. 

ރަނގަޅު ޑަޔަޓެއްގެ އިތުރުން ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމާއި، ސްޓްރެސް ކުޑަ ކުރުމާއި، އެކަށީގެންވާ މިންވަރަށް ނިދުމަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މުހިއްމު ކަންކަމެވެ. 

މިހާތަނަށް ހޯދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ސާފުތާހިރުވުމާއި، ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ބަލި ޖެހޭ މީހުން އެކަހެރި ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް