ads
މާވަށު ދާއިރާގެ މެމްބަރު ސައީދު--
ދިވެހިންނަށް ހައްގުވާ މިންވަރަކީ ސަލާން ޖެހުން ކަމުގައި ސަރުކާރުން ހަދައިފި: ސައީދު
ދިވެހިންނަށް ހައްގުވާ މިންވަރަކީ ކުޑަނާޅިން މިނާ ސަލާންޖެހުން ކަމުގައި މިސަރުކާރުން ހަދާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ 60 އިންސައްތަ އާއި ޕެޓްލޯލިއަމް އެނާޖީ ގެ 80 އިންސައްތަ ދަތުރު ކުރަނީ ރާއްޖެ ތެރެއިން ކަމަށެވެ. އެއީ ހއ އަތޮޅާއި ލ އަތޮޅާއި ހުވަދޫ އަތޮޅުގެ އިތުރުން އައްޑޫ އަތޮޅު ހިމެނޭގޮތަށް ދިވެހިންގެ އަމިއްލަ ކަނޑުއޮޅިތަކުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރުން ވިސްނައިދޭން މަސައްކަތް ކުރަނީ ދިވެހިންނަށް ހައްގުވަނީ ކައިރި ބަނދަރުތަކުން ފެރީކުރުމާއި ސަލާންޖެހުން ކަމަށް ކަމަށެވެ.

މީގެ އިތުރަށް ސައީދު ވިދާޅުވީ 2013 އިން ފެށިގެން 2018 އަށް ގައުމުން ބޭރުގައި ތިބެ ރާއްޖޭގެ ވިޔަފާރީގެ މިނިވަންކަން ގެއްލޭނެ ހުރިހާ ކަމަކަށް މަގުފަހިކުރިކަމަށެވެ. ސައީދު އެ އިޝާރާތްކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އިތުރު ބައެއް ބޭފުޅުން ރާއްޖެއަށް ފަތުރުވެރިން ނައުމަށް ކުރިން ގޮވާލި ގޮވާލުމަށެވެ.

ސައީދު ވިދާޅުވީ ވެރިކަމަށް އައިސް ދިވެހިންނަށް ހައްގުވާ މިންވަރަކީ ކުޑަނާޅިން މިނާ ސަލާންޖެހުމާއި އަވެއްޓެރިން އަތުން ފެރީ ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހައްދަވާފައިވާ ކަމަށެވެ.

މިސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މީގެ އިތުރުން މިސަރުކާރުން އިންޑިއާ އާއި އެކު ގާތް ގުޅުމެއް ބާއްވާތީ އެކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން މިސަރުކާރުން ވަނީ އިންޑިއާއަށް ރާއްޖެ ވިއްކާލާފައި ކަމަށް އިދިކޮޅުން ބުނަމުންގެންދެއެވެ.

އަދި އިންޑީއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ ރާއްޖޭގެ މިނިވަންކަން ގެއްލި އިންޑިއާގެ އަޅުވެތިކަމަށް މިސަރުކާރު ވެއްޓިފައިވާކަމަށްވެސް އިދިކޮޅުފަރާތްތަކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް