ads
ފުރަތަމަ މެޗުގައި އާސެނަލްގެ ގޯލް ޖެހި ކުޅުންތެރިން
އާސެނަލްއަށް ހުވަފެނީ ފެށުމެއް
ފަސޭހަކަމާއި އެކު ފުލަމް ބަލިކޮށް، ހުވަފެނީ ފެށުމަކުން އާސެނަލްއިން އިންގްލިޝް ޕްރިމިއަރ ލީގު ފަށައިފިއެވެ. މިއަދު ހަވީރު ކުޅުނު ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު އާސެނަލްއިން ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ.

ފުލަމްއަކީ، ޗެމްޕިއަންޝިޕުން އަލުން ޕްރިމިއަރ ލީގަށް ކޮލިފައިވި ޓީމެކެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްއަށް ފުރަތަމަ ގޯލް ޖަހައިދިނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ. އާސެނަލްގެ ދެވަނަ ގޯލު އެ ޓީމުން ޖެހީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އަލަށް ގުޅުނު ގަބްރިއެލް މަގަލްހައެސްއެވެ. އާސެނަލްގެ ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަންއެވެ.

ލީގުގެ ފުރަތަމަ މެޗު އާސެނަލްއިން މިއަދު ކާމިޔާބުކުރި އިރު އާސެނަލްއިންވަނީ ސީޒަން ހުޅުވާ މެޗު- ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ. ޗެރިޓީ ޝީލްޑް ނުވަތަ ކޮމިއުނިޓީ ޝީލްޑް އާސެނަލްއިން ކާމިޔާބު ކުރީ ލިވަޕޫލާ ވާދަކޮށެވެ.

އާސެނަލްގެ މެޗެއް ދެން އޮންނާނީ މި މަހުގެ ވިހިވަނަ ދުވަހުއެވެ. މި މަހުގެ ވިހިވަނަ ދުވަހު ކުޅޭ މެޗު އޮންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް