ads
ޑރ. ޖަމީލް--
އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު: ޑރ ޖަމީލް
އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެޑްވައިޒަރުކަންވެސް ކުރައްވަމުން ގެންދަވާ ޑރ ޖަމީލް މިހެން ވިދާޅުވީ މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު ފުލުހުން ހުއްޓުވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ސައިކަލް ބުރެއް ބޭއްވުމަށް ނިންމާފައިވަނީ މާލޭ ގައި މިފަދަ އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއާއި ފުލުހުން އަންގާފައިވަނިކޮށެވެ.

މިއަދުގެ ސައިކަލްބުރު މާފަންނު ސަހަރާ ކައިރިން ފުލުހުން ވަނީ ހުއްޓުވާފައެވެ. އެޢައެކު ސައިކަލް ބުރުގެ ބައިވެރިން ވަނީ ހިނގާފައި ޕީޕީއެމް އޮފީށް ކައިރިއަށ ްގޮސްފައެވެ.

މިއަދުގެ ސައިކަލް ބުރު ފުލުހުން ހުއްޓުވާ 41 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ޒުވާނުންގެ ސުލްހަވެރި ހަރަކާތަށް ހުރަސްއެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހިންގެވި އަނިޔާވެރި، ދުސްތޫރާ ހިލާފް އަމަލެއް ކަމަށެވެ.

އަދި ހާލަތާ ނުބައްދަލު ބާރުގެބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު ކަމަށާ ޒުވާނުންގެ އަޑަކީ މުޅި ގައުމުގެ އަޑު ކަމަށް ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ސައިކަލް ބުރު ހުއްޓުވުމަށް ފުލުހުން ވަނީ ޕެޕަރ ސުޕްރޭ ބޭނުން ކޮށްފައެވެ. ހައްޔަރު ކުރި 41 މީހުންގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ.

އިދިކޮޅިުން މިފަދަ އެއްވުންތައް ބާއްވަމުން މިދަނީ ކޮވިޑް19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފައި ވަނިކޮށެވެ.

އިދިކޮޅުން މީގެ ކުރިންވެސް މިފަދަ އެއްވުންތައް ބާއްވައި އެޗްޕީއޭގެ މިންގަޑު ތަކާ ހިލާފުވެފައިވާތީ ޕާޓީގެ ބައެއް އިސް ބޭފުޅުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް